އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނު ކަމުގައި ވީ ނަމަވެސް، މިހާރު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރަމުންދާ ކަހަލަ ކަންކަމެއް ނުކުރާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިޔާ އަކުން ރޭ ގެެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އޮތް އިރު އަމަލުކުރިގޮތް ރައްޔިތުންނަށް ފެނިފައިވާނެ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުންކުރާނެ ގޮތް އެމްޑީޕީން ތަފާތުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އެގޮތުން މޫސަ ވަނީ އެމްޑީޕީގެ ތެރޭގައި އާއިލީ ބޮޑު މައްސަލައެއްގެ ސަބަބުން ޕާޓީ ދެބައިވެގެން ދިޔަ ކަން ވެސް ފާހަގަކުރަށްވާފައެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ވެސް ޕާޓީގެ ވެރިކަމުގެ ތަޅާފޮޅުންތަކުގެ ތެރޭގައި ވެސް އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ބޭނުން ނަހަމަގޮތުގައި ކޮށްފައިނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އެޕާޓީއަށް އޮތްއިރު ޤާނޫނު އަސާސީ އާއި ހިލާފަށް ކުރިކަމެއް ނޯންނާނެ ކަމަށެވެ. މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ވެސް ކުރެއްވި މޫސަ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު، ރައީސް ސޯލިހު، އަދި އޭނާ ހުއްޓަސް ވެސް އެމްޑީޕީން މަޖިލީހުގެ ބާރު ބޭނުންކޮށްގެން މިހާރުގެ ސަރުކާރުން ކުރާ ކަހަލަ ޤާނޫނުއަސާސީއާ ޚިލާފު ކަންކަމެއް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި މެޖޯރިޓީ އޮތަސް އެމްޑީޕީން ނުކުރާނެ ކަމެއް ރައީސް ނަޝީދު ވެސް ރައީސް ސާލިޙް އަދި އަޅުގަނޑު ހުއްޓަސް ކޮންމެ މީހަކު ހުއްޓަސް މަޖިލީހުގައި ތިބެގެން އޮތް ބާރެއް ބޭނުންކޮށްގެން މިހާރު މިކުރާ ކަހަލަ ކަންތަކެއް ނުކުރާނެ، އެއީ ޤާނޫނު އަސާސީ އަކީ އަޅުގަނޑުމެން ވަރަށް ބުރަމަސައްކަތުން ގެނައި އެއްޗެއް،" މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ޤާނޫނުއަސާސީއަށް ސަރުކާރުން އިހުތިރާމް ނުކުރާ ކަމަށެވެ. އަދި ފަނޑިޔާރުގެއާއި ރައްޔިތުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާގެ އަތްދަށަށް ދަމައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.
"މަގުމަތީގައި ތިން މީހުން މިހާރު ދިމައެއް ނުވެ، ދެ މީހުން ތިބެނީ ރަނގަޅަށް ރުޅިއައިސް ރަތްވެފައި އެއީ މީހުން މިނިވަންކަމާ އެކީގައި އެމީހުން ވާހަކަ ދައްކާލާ ފަނޑިޔާރު ގެއާއި އެއްޗެހި އޮންނަން ބޭނުންވޭ. ލާރިކޮޅު އަތުގައި ހުންނަން ބޭނުންވޭ، މަހަށް ދިޔައިމާ މަސް ކިރޭނެ ގޮތް ބޭނުންވޭ،" މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވީ ރައްޔިތުންނަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ޑޮލަރު ބަދަލުކޮށްދޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ޑޮލަރު ބްލެކް މާކެޓަށް ނުކުމެ، ރިސޯޓުތަކުން ރައްޔިތުންނަށް އާންމުކޮށް މާރުކުރާ ޑޮލަރު ވެސް މިހާރު ސަރުކާރަށް ނަގާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
"މިހާރު ތިޔަ ހެދި އެއްޗަކުން ޑޮލަރުގެ އަގު އެދިޔައީ 21 ރުފިޔާ އަށް އަރައިގެން އިންފުލޭޝަން އެދިޔައީ ވަރަށް ބޮޑަށް މައްޗަށް އަރައިގެން،" މަޖިލީހުގެ ލ. އަތޮޅު މެމްބަރު ކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ކޮވިޑް-19 އަށް ފަހު ރާއްޖެއަށް ލިބުނު ބޮޑެތި މާލީ އެހީތަކާ އެކު، މި ސަރުކާރުން މިހާރު ފަންސާސް ބިލިއަން ރުފިޔާއާއި ފަންސާސް ހަތް ބިލިއަން ރުފިޔާއާ ދެމެދުގެ ބަޖެޓެއް (ގާތްގަޑަކަށް 3.7 ބިލިއަން ޔޫއެސް ޑޮލަރު) ފާސްކުރެވިފައި ވީ ނަމަވެސް، އެ ފައިސާގެ ފައިދާ ރައްޔިތުންނަށް ނުކުރާ ކަމަށެވެ.
"ހަމަ އަނެއް ދިވެހި ބަހުން ރީއްޗަށް ބުނާ ކަމަށް ވަނީ ވިއްޔަ އޮޑިހަނެއްގައި ޤާނާނެ ކައިރުވަކެއްވެސް ރައްޔިތުންނަކަށް ނުލިބޭ. އޭތި އުނދަގޫ ވަމުންދާ ވާހަކަ މި ދަންނަވަނީ ރައްޔިތުން ކައިރީ،" މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ މިހާރުގެ ސަރުކާރުން ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓައިގެން ގޮސް، ރައްޔިތުންނަށް ލާރިދީގެން ވޯޓު ގަނެގެން އިންތިޚާބުތައް ކާމިޔާބު ކުރެވޭނެ ކަމަށް ކަމަށެވެ.
"ސަރުކާރުން ގަބޫލު ކުރަށްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓައިގެން ގޮސް، ރައްޔިތުންނަށް ލާރިދީގެން ވޯޓު ގަނެގެން އިންތިޚާބުތައް ކާމިޔާބު ކުރެވޭނެ ކަމަށް، ނުވާނެ އެކަމެއް ގެރެންޓީ ނުވާނެ،" މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ މިހާރު އޮތީ ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީއަށެވެ. ސުޕަމެޖޯރިޓީ ބޭނުންކޮށް ޤާނޫނޫ އަސާސީ އަށް ބައެއް ބަދަލުތަށް ގެނެސްފައިވާއިރު އެއީ ޤާނޫނު އަސާސީގެ ރޫޙާ ހިލާފަށް ގެންނަ ބަދަލުތަކެއް ކަމަށް ބުނެ އެކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު