ރިސޯޓެއްގެ ވޯޓާ ސްޕޯޓްސް ހަރަކާތެއް، ފޮޓޯ: ކޯރާ ކޯރާ މޯލްޑިވްސް
ރިސޯޓެއްގެ ވޯޓާ ސްޕޯޓްސް ހަރަކާތެއް، ފޮޓޯ: ކޯރާ ކޯރާ މޯލްޑިވްސް
މޫސުން ރަނގަޅު ވަންދެން ވޯޓަރ ސްޕޯޓްސް އާއި މޫދުގެ ހަރަކާތްތައް މިދުވަސްވަރު މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ ތޫފާނީ ވާރެ އާއި ގަދަ ވަޔާއި އަދި ކަނޑު ގަދަވުމުގެ ސަބަބުން ރާއްޖޭގެ އެކިހިސާބުތަކުން ގިނަ ހާދިސާތަކެއްގެ ރިޕޯޓު ލިބެމުންދާކަމަށެވެ.

އެހެންކަމުން، ވޯޓަރ ސްޕޯޓްސް އާއި މޫދުގެ ހަރަކާތްތައް މަޑުޖައްސާލުމަކީ އެންމެންގެ ސަލާމަތަށްބަލާއިރު މިވަގުތަށް އެންމެ ރަގަޅު ގޮތްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެންމެންގެ ސަލާމަތްތެރިކަމަކީ ފުލުހުންގެ އެންމެ ބޮޑު ޒިންމާކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ މެންދުރު 12:00އިން ފެށިގެން ރޭ 22:30އާ ހަމައަށް ކަނޑުމަތީގެ 7 ހާދިސާއެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ ތެރޭގައި މީހުން ގެއްލުމުގެ ހާދިސާތަކާއި، އިންޖީނު ހުއްޓުމުގެ ސަބަބުން ކަނޑުވުމާއި، ދިޔަވުމުގެ ހާދިސާ އަދި ފަރަށް އެރުމުގެ ހާދިސާތައް ހިމެނެއެވެ. މި ހާދިސާތަކުގައި ގެއްލުނު މީހުންގެ ތެރެއިން އެކަކު މިހާތަނަށް ފެނިފައި ނުވާއިރު، މުދާ އަރުވައިގެން މާލެއިން ލ. އަތޮޅަށް ދަތުރުކުރި ބޯޓެއް ވެސް އަޑިއަށް ގޮސްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު