ރާއްޖޭގައި ޤަަވާޢިދާ ޚިލާފަށް އުޅޭ ކަމަށް ބެލެވޭ ބަންގްލަދޭޝް ބަޔަކު ރަޖިސްޓްރީ ކުރަން ކިޔޫ ހަދައިގެން
ރާއްޖޭގައި ޤަަވާޢިދާ ޚިލާފަށް އުޅޭ ކަމަށް ބެލެވޭ ބަންގްލަދޭޝް ބަޔަކު ރަޖިސްޓްރީ ކުރަން ކިޔޫ ހަދައިގެން
އިންޑިއާގެ ވެސްޓް ބެންގާލްގައި ތާށިވެފައި ތިބި ބަންގްލަދޭޝްގެ 44 މީހުން އަނބުރާ ގައުމަށް ގެންގޮސްފިއެވެ.

މާރޗް 26 ވަނަ ދުވަހުން ފެށިގެން އިންޑިއާއާއި ބަންގްލަދޭޝްއާއި ދެމެދު ކުރަމުން އައި ވައިގެ ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން އިންޑިއާގެ ކޮލްކަތާ މަގުން މި 44 މީހުން ބަންގްލަދޭޝަށް ގެންގޮސްފައިވަނީ ބެނަޕޯލް މެދުވެރިކޮށް، އިއްޔެގެ ވަގުތެއްގައެވެ.

ބެނަޕޯލް ޗެކްޕޯސްޓްގެ ހެލްތް އޮފިސަރެއްކަމުގައިވާ ޑރ. ހަބީބުއްރަހްމާން ވިދާޅުވީ ބެނަޕޯލް މުނިސިޕަލްޓީގެ ކަރަންޓީނު މަރުކަޒުގައި މި މީހުން ކަރަންޓީނު ކުރެވޭނެކަމަށެވެ.

ފާއިތުވެ ދިޔަ 4 ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ 185 މީހަކު އަނބުރާ ގައުމަށް ގެންގޮސްފައިވާއިރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 164 އަށް އަރާފައެވެ. އަދިި 17 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަންގްލަދޭޝްއަކީ ކޮރޯނާވައިރަހަށް ޓެސްޓް ކުރުމުގައި އެންމެ ފަހަތުގައި އުޅޭ އެއް ޤައުމެވެ.

އިންޑިއާގައި ތިބި ބަނގްލަދޭޝްގެ 44 މީހަކު އަނބުރާ ޤައުމަށް ގެންގޮސްފައިވާއިރު ޤަވާޢިދާ ޚިލާފަށް ދިވެހި ރާއްޖޭގައި އުޅޭ އެޤައުމުގެ ރައްޔިތުން ގެންދިއުމުގައި އެހީތެރިވުމަށް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން