މަޝްހޫރު ސްކޭމަރު ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ދާދިފަހުން ޒައިދާން އާއި އޭނާގެ އަނބިމީހާ އަފްރިން ހައްޔަރުކުރީ ސައްހަ ނޫން ޓްރާންސްފަ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467 ރުފިޔާގެ ތަކެތި މަކަރާއި ހީލަތުން ހުޅުމާލޭގައި ހުންނަ ފިހާރައަކުން ހޯދާފައިވާކަން ފާހަގަ ވެފައިވާ ކަމަށެވެ. އަދި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31150 ރުފިޔާގެ ތަކެއްޗާއި، މާލޭގެ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5817 ރުފިޔާގެ ތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒައިދާންގެ ދެމަފިރިން ބަންދުން ދޫކޮށްލިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރައި އޭގެ ވެރިފަރާތަށް ހޯދައި ދިނުމަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން އެ ފައިސާ އެ ފަރާތްތަކަށް ހޯދައިދީފައިވާ ކަމަށެވެ.
އަދި އެމައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
ފުލުހުންގެ ބަންދުން ޒައިދާން ދޫކޮށްލާފައިވާއިރު، އޭނާ މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު