މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖޭގެ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ފަހި މާހައުލެއް ގާއިމްކޮށް، ޓްރޭޑްމާކުތައް ހިމާޔަތްކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ޓްރޭޑްމާކް ގާނޫނެއްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުއެވެ.

އެ ބިލުގައި ވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ، ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށްދީ އަދި ޓްރޭޑްމާކްތަކުގެ ވެރިފަރާތްތަކަށް ހިމާޔަތްދީ އަދި އެއާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމެވެ.

ބިލުގައި ޓްރޭޑްމާކެއް ކަމަށް މާނަކޮށްފައިވަނީ އެއް ފަރާތެއްގެ މުދަލާއި އަނެއް ފަރާތެއްގެ މުދާ ތަފާތުކޮށް، ދެނެގަނެވޭ ކޮންމެ ނިޝާނެކެވެ. އެހެންނަމަވެސް ޓްރޭޑްމާކެއްގެ ގޮތުގައި ބެލެވޭނީ އެ ބިލުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމުން ކަމަށް އެ ބިލުގައިވެ އެވެ.

ޓްރޭޑްމާކްގެ ހައްގުތަކަށް އަރައިގަންނަ ބާވަތުގެ މުދާތައް ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ދިނުމަށް ބިލުގައި ހުށަހަޅާފައި ވެއެވެ. އަދި ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ފަރާތްތައް އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ވެސް ހުށަހަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު