ކެންސަރު ހޮސްޕިޓަލް އެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން، އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހަވަނަ "އަހާ ފޯރަމް" ގެ ތެރެއިން ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ފޯރަމްގައި މިނިސްޓަރ ވިދާޅުވީ ޞިއްޙީ ކަންކަމަކީ ރައްޔިތުންގެ އެންމެ ހައްސާސް އެއް މައްސަލަކަމަށެވެ. އަދި ސިއްޙީ ކަންކަމަކީ ސަރުކާރުން ވެސް އިސްކަމެއްދޭ ކަންކަންކަމަށާއި، އަދި ޚާއްސަކޮށް ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރިޔަށްދަނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭގެ އަހާ ފޯރަމްގައި މިނިސްޓަރ ވަނީ ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަލިއަޅުއްވާލާފައެވެ. އެގޮތުން ކެންސަރު ބަލި ޖެހުމުގެ ކުރިން ރައްކާވެ ތިބުމަށް، ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ އެ ބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމަޢު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު