ޖުޑީޝަލް ސާވިސް ކޮމިޝަން ގައި އާންމުން ތަމްސީލުކުރާ މެންބަރަކަށް އިދުރީސް ފައުޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޖޭއެސްސީގައި އާންމުން ތަމްސީލް ކުރައްވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެ މަޤާމަށް 8 ބޭފުޅުން ކުރިމަތި ލެއްވިއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާއިރު، ކޮމިޓީ ރިޕޯޓާ އެއްގޮތަށް އިދުރީސް ފައުޒީ އެ މަގާމަށް އައްޔަން ކުރުމަށް 64 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 1 މެންބަރެކެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.
ޖޭއެސްސީ ގައި އާންމުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީއެވެ.
ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި، މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނާއިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި، ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި، ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

ކިޔުންތެރިންގެ ހިޔާލު