ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ނިއުމާތުގެ މަގާމުގެ މުއްދަތު މި މަހުގެ 23 ވަނަ ދުވަހު ހަމަވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިތުރު ދައުރަކަށް ނިއުމާތު އައްޔަންކުރުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިއުމާތާ އިންޓަވިއު ކުރެވުނު އިރު، އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ވަނީ ލިބިފައެވެ. އެހެންކަމުން ކޮމެޓީން ފާސްކޮށްފައިވަނީ އޭނާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ބެހެއްޓުމަށާއި އިތުރު ދައުރަކަށް އޭނާ މަގާމަށް ހަމަޖެއްސުމަށެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުހިންމު މަގާމެކެވެ. މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގާނޫނުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ކަމާގުޅޭ މުއައްސަސާތައް މޮނިޓަރކޮށް ވަޒަންކުރުމާއި، ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރެވޭ މިންވަރު ދެނެގަތުމާއި، އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު