ގެދޮރުވެރިޔާ ޕޯޓަލްގެ ނަން ބޭނުން ކޮށްގެން ސްކޭމްތަކެއް ހިންގައި، ގޫގުލް އެކައުންޓުތައް ހެކް ކުރަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ބުނީ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނާ ކަމަށެވެ.
ނަމަވެސް ލޮގިންކޮށްފިނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށް ސައިބާ ކްރައިމް ޔުނިޓުން ވަނީ ބުނެފައެވެ.
އެހެންކަމުން މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ޓޫ ފެކްޓާ އޮތެންތިކޭޝަން ހެއްދެވުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ގެދޮރުވެރިޔާ ޕޯޓަލުން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅައި އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް ސައިބާ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު