ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން އިސްލާހުކުރުމަށް ކުރިއަށްގެންދާ 'ހޯޕް އައިލެންޑް' ގެ ކޮންސެޕްޓް އަންނަ މަހުން ފެށިގެން ފުލުހުންގެ މަރުކަޒެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް ހުސްކަމަކީ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި އިންޓަރވެންޝަން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ނެތުން ކަމަށެވެ.
އެގޮތުން މި ނިޒާމުގެ އެކި މަރުޙަލާތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއެކު، އަދި އެންމެ އެދެވޭ ގޮތެއްގައި ދެވަނަ ފުރުޞަތެއް ހޯދައިދިނުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ދަޢުލަތުގެ ތެރޭގައި މީގެ ކުރިން ޤާއިމްކުރެވިފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މިކަމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދަވާ ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް 'ހޯޕް އައިލެންޑް' ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެ ނިޒާމު ޤާއިމްވަންދެން ވަގުތީ ގޮތުން މި މަސައްކަތް ފެށުމަށް ރާވަމުންދާކަމަށްވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ކޮންސެޕްޓު ފަށައި ތަމްރީނު ދޭނެ ތަންތަނާއި، ބޭނުންވާ ވަސީލަތްތަކާއި، ތަމްރީނު ދޭނެ މީހުން ފުލުހުންގެ ހިދުމަތުގައި އެބަހުރި ކަމަށެވެ. އެހެންވެ، އެތަނުން ކޮންމެވެސް އެއް ދިމާލެއްގައި 'ހޯޕް އައިލެންޑު' ކޮންސެޕްޓަށް ތަމްރީނުތައް ފަށަން ގަސްތުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ކުރިން ޓެސްޓުކުރެވިފައިވާ ނިޒާމެއް ކަމަށާއި، މިމަސައްކަތް ނުފެއްޓިފައިވަނީ މިކަމަށް ބޭނުންވާ ވަކި ޖާގައެއް ކަނޑައެޅިފައިނުވާތީކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް މަހު ކޮންމެވެސް އެއް ތަމްރީނު މަރުކަޒެއްގައި މިކަމަށް ޖާގައެއް ހުސްކޮށް، މަސައްކަތް ފެށުމަށް ގަސްތުކުރައްވާކަމަށެވެ.
އެހެންނަމަވެސް އެދެވޭ ގޮތުގައި މިކަން ކުރެވޭނީ 'ހޯޕް އައިލެންޑް' ޤާއިމްވެގެންދިއުމުން ކަމަށާއި، އެކަމަށް އެންމެ އަވަހަށްވެސް ދެ އަހަރާއި ބައި ނުވަތަ ތިން އަހަރު ނަގާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު