ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފްވެރިކަމާއެކު މާދަމާ ރިޓަޔަރ ކުރަށްވާއިރު އެމަނިކުފާނަށް ވަކިން ޚާއްސަ އެލަވަންސެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ޖޭއެސްސީން ހާމަކޮށްފިއެވެ.
ޖޭއެސްސީ އާއި ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ބުނެފައިވަނީ، އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނަށް ބޮޑު އެލަވަންސްތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މަޝްވަރާ ކުރި ނަމަވެސް، އެ މަނިކުފާނު ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އާ އެލަވަންސް ދޭގޮތަށް ނޫން ކަމަށެވެ.
އަދި އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިހާރުވެސް ގެޒެޓްކޮށްފައިވާ ފަނޑިޔާރުންގެ ރިޓަޔާމަންޓްގެ ގަވައިދުގެ ދަށުން ކަމަށް ޖޭއެސްސީން ބުނެފައިވާކަމަށް އޮންލައިން މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.
އެހެންކަމުން ފަނޑިޔާރުންގެ ރިޓަޔާމަންޓްގެ ގަވައިދުގެ ދަށުން އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް އެއްފަހަރާ ލިބިވަޑައި ގަންނަވާނީ، އަސާސީ މުސާރައިގެ 1/3 އާއި އެ މީހަކު ފަނޑިޔާރުކަމުގައި ހޭދަ ކުރި މުއްދަތާ ގުނަކުރުމުން އެ ޖެހޭ އަދަދެއްގެ ފައިސާއެވެ. އެއީ ގާތްގަނޑަކަށް 185000 ރުފިޔާއެވެ.
އަދި ފަނޑިޔާރަކު ނިޔާވަންދެން މަހުން މަހަށް ލިބޭނީ، އަސާސީ މުސާރަައިގެ 1/40 އާއި ފަނޑިޔާރުކަން ކުރި މުއްދަތާ ގުނަކުރުމުން އެ ޖެހޭ އަދަދެއްގެ ފައިސާ ކަމަށް އެ ގަވާއިދުގައިވެއެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރަށްވާތީ މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ނިންމާފައެވެ.
މުއުތަސިމް ރިޓަޔާ ކުރަށްވާތީ، ރިޓަޔާމަންޓް ޕެކޭޖް ބޮޑު ކުރުމަށް ޖޭއެސްސީން މިދިޔަ ޖޫން މަހު މަޖިލީހުގެ ލަފައަކަށް އެދިފައިވާއިރު، އާ ޕެކޭޖްގެ ދަށުން އެލަވަންސް ލިބޭނަމަ އެމަނިކުފާނަށް ގަނޑުކޮށް ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ އާއި ކޮންމެ މަހަކު 70،000 ރުފިޔާ ލިބިވަޑައި ގަންނަވާނެއެވެ. ނަމަވެސް މިހާރު ޖޭއެސްސީން ނިންމާފައިވަނީ އެގޮތަށް އެލަވަންސް ނުދީ ކުރިން ޢަމަލު ކުރަމުންދިޔަ އުސޫލުން އެލަވަންސް ދިނުމަށެވެ.
އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާނަކީ މިހާރު އަމަލުކުރާ ޤާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔަރވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަޤާމުން ދުރުކުރެއްވި ބޭފުޅުންނެވެ.
ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައިވާގޮތުން، މިހާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު، ފަނޑިޔާރުކަމުގައި ހޭދަކޮށްފައިވަނީ، ނުވަ އަހަރާއި ހަ މަހާއި 11 ދުވަހެވެ. އެހެންނަމަވެސް އެ މަނިކުފާނު ދައުލަތަށް ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވަނީ ވެފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވުނު މުއުތަސިމް އަދުނާން، 2009 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އެ މަނިކުފާނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިން ބެޗިލަރ އޮފް ލޯސް (1992) އަދި ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ (1994) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު