ހުޅުމާލޭގައި ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ހުރި ސައިކަލްތައް ޓޯކުރަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ޓްރެފިކް ޤަވާއިދާ ޚިލާފަށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރަމުންދާ ކަމަށެވެ.
އެގޮތުން ފުލުހުން ޓޯކުރަމުންދަނީ، ކަފިހި ހުރަސްތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލާއި، ޑަބަލް ލައިން މަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލާއި، ޤަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ ސައިކަލްތައް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ފަށާފައިވާ މިމަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ހުޅުމާލޭގެ އިތުރުން މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ވަނީ ޓޯކޮށްފައެވެ. ފުލުހުން ޓޯކުރާ ވެހިކަލްތައް ދޫކޮށްލަނީ 750 ރުފިޔާގެ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ. އަދި އެންމެ އަވަހަށްވެސް ސައިކަލު ދޫކުރަނީ 48 ގަޑިއިރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު