ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓް ނަގަން 3 މަސްދުވަސް މަދުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް އީސީގެ މައްޗަށް ޤާނޫނުގައި މިހާރު ލާޒިމް ކޮށްފައިވާ ދޮޅުމަހާއި 3 މަހުގެ ޢަދަދަކީ ކުރުމުއްދަތެއް ކަމަށެވެ.
އަދި ފެންނަ ނުފެންނަ ވޯޓަކީ އެެހެން އިންތިހާބުތައް ގޮތަށް ދުރާލާ އެނގިގެން ބާއްވާ އިންތިހާބެއް ނޫންކަމުން ތައްޔާރުވުމަށް އީސީއަށް ވަގުތު ބޭނުންވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.
“މިހާރު އިންތިހާބުތަކުގައި ވެސް އާންމުކޮށް 120 ދުވަސް ދީފައި އޮވޭ. މިފަދަ ވޯޓެއް ނަގަން ވެސް އެވަރު ދޭން އަޅުގަނޑުމެންނަށް ފެންނަނީ. 45-120 ދުވަސް އޮތުން ރަނގަޅު.” ޒާހިދު ވިދާޅުވިއެވެ.
އެހެން ނަމަވެސް ކިތަންމެ ކުރުމުއްދަތެއް ލިބުނަސް އިންތިހާބެއް ބާއްވަން ބުނެފިއްޔާ އެކަމަށް އީސީން އޮންނާނީ ތައްޔާރަށް ކަމަށް ޒާހިދު ވިދާޅުވިއެވެ. ހަމައެއާއެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގަން ހާއްސަ ގާނޫނެއް ވުޖޫދު ކުރުމަކީ މުހިންމު ކަމެއްކަން ޒާހިދު ފާހަގަ ކުރެއްވިއެވެ.
“ގާނޫނެއްގައި އޮވެގެން މިފަދަ ވޯޓުތައް ނެގުމަކީ އަޅުގަނޑުމެން އެދޭކަމެއް. ތާއިދުކުރާ ކަމެއް. މަރުހަބާ ކިޔާ ކަމެއް.” ޒާހިދު ވިދާޅުވިއެވެ.
އޭގެއިތުރުން ޒާހިދު ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ނެރުމުގައި ބަލާނީ، ވޯޓްލީ ރައްޔިތުންގެ އަގުލަބިއްޔަތަށްތޯ ނުވަތަ ވޯޓްލުމުގެ ޝަރުތު ހަމަވާ މީހުންގެ އަދަދަށްތޯ މިހާރު ހުށަހަޅާފައިވާ ބިލުން ސާފުނުވާ ކަމަށެވެ. އެހެންކަމުން އިތުރު ޝައްކުތައް އުފެއްދުމުގެ ފުރުސަތު ލިބިނުދިނުމަށްޓަކައި، އެކަން ސާފުވާ ގޮތަށް އެކަމާ ގުޅޭ މާއްދާތައް އިސްލާހުކުރަން ޒާހިދު މިއަދު ކޮމިޓީގައި އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު