ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. މި އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޫބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި ޝުޖާޢު ޢަލީގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރެއްވުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޖުލައި 19 ގައި ނިންމުމާ ގުޅިގެންނެވެ.
އެލްޖީއޭއިން ބުނެފައިވަނީ، ޝުޖާޢު މަގާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް އެ އޮތޯރިޓީގެ ބޯޑުން ނިންމާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ.
ޝުޖާޢު ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގަތީ 'ދަ ޑިމޮކްރެޓްސް' ގެ ޓިކެޓުގައެވެ. ނަމަވެސް، އެޕާޓީ އުވާލުމާ ގުޅިގެން، އޭނާ ވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރަށްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު އެ ދައުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، އެ މީހެއްގެ ކައުންސިލަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބުގެ އިތުރުން، 4 ރަށެއްގެ ބައިއިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު އިއުލާނުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުވެސް ނޮވެމްބަރ 28 ގައި އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު