އެމްޑީޕީގެ މަގުމަތީގެ ޙަރަކާތެއްގެ ތެރެއިން
އެމްޑީޕީގެ މަގުމަތީގެ ޙަރަކާތެއްގެ ތެރެއިން
އެމްޑީޕީގެ ރަން ރީނދޫ ދުވުން ބާއްވަން ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދު ދޫކޮށްފިއެވެ.

“ރަން ރީނދޫ” ގެ ނަމުގައި މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމި ދުވުމުގެ ހަރަކާތް އަންނަ އޮގަސްޓް 1 އަށް ފަސްކޮށް، ސެންޓްރަލް ޕާކުގައި އެދުވުން ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ހާމަކޮށްފައި ވަނީ މިއަދުއެވެ.

އެމްޑީޕީން މިއަދު ބުނީ ރަންރީނދޫ ދުވުން އަންނަ މަހު ބާއްވާނީ ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެޕާޓީން ރަންރީނދޫ ދުވުން ބޭއްވުމަށް އެންމެ ފުރަތަމަ ބޭނުންވީ، މި މަހު 18 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ނަމަވެސް އެދުވުމަށް އެޗްޑީސީން އޭރު ހުއްދަ ދީފައެއް ނުވެއެވެ.

އެމްޑީޕީގެ ރަންރީނދޫ ދުވުން ހުޅުމާލޭގައި ބާއްވަން ހުއްދަ ނުދިނުމުން އެމްޑީޕީން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު