ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
މި ޤައުމަށް ތާއަބަދުވެސް މިނިވަންކަމާއެކު އަލިވިލުމަކީ އަބަދުގެވެސް ދުޢާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން މެޑަމް ސާޖިދާ ވިދާޅުވީ މި ޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ މިނިވަންކަމުގެ އުފާވެރި އިޙްސާސް ތަކުގައި ދިވެހި ލޮބުވެތި ރައްޔިތުން ލަހައްޓަވާ ދުވަހެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަށްވާ ކަމަށެވެ.



މެޑަމް ސާޖިދާ މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އަދި މިއަހަރު ފާހަގަ ކުރަމުން މިދަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މިނިވަން ދުވަހެވެ.

އިނގިރޭސިންގެ ކިބައިން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.



ކިޔުންތެރިންގެ ހިޔާލު