ޗައިނާގެ ރައީސް ޝީ ޖިންޕިން، އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޗައިނާގެ ރައީސް ޝީ ޖިންޕިން، އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޗައިނާއިން ރާއްޖޭގެ މުސްތަޤުބަލު ބިނާކުރުމުގައި އެކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ރައީސް ޝީ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސް ޝީގެ މެސެޖުގައި، ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި އެކުވެރިކަމާއި އިސްތިރާޖީ ބައިވެރިކަން އިތުރަށް ހަރުދަނާ ކުރުމުގެ ޢަޒުމް އައުކުރަށްވާފައިވެއެވެ.

އަދި މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހަނދާންތައް އައު ކުރަށްވަމުން ރައީސް މުޢިއްޒުއާއެކު މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާކަން ޝީ ފާޅުކުރަށްވާފައިވެއެވެ.

“އަޅުގަނޑު ޗައިނާ-ދިވެހިރާއްޖެ ގުޅުމުގެ ތަރައްޤީއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެން. އަދި، ޗައިނާއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކު، ދިވެހިރާއްޖޭގެ މުސްތަޤުބަލު ބިނާކުރުމުގައި އެކުގައި މަސައްކަތްކުރުމަށް ބޭނުންވޭ.” ރައީސް ޝީގެ މެސެޖުގައިވެއެވެ.

ރައީސް ޝީ މިހެން ވިދާޅުވެފައިވާއިރު، ޗައިނާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރީ 1972 ވަނަ އަހަރުއެވެ. އޭގެފަހުން ޗައިނާއިން ރާއްޖެއަށް އެކި ރޮނގުތަކުން ގިނަ އެހީތަކެއް ފޯރުކޮށްދީފައި ވާއިރު، ސިނަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫޢުތައް ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް