ލަންކާގެ ރައީސް ކުރަށްވާ ދަތުރުފުޅު
ލަންކާގެ ރައީސް ކުރަށްވާ ދަތުރުފުޅު
މިއަދު ރާއްޖެއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި މާނަހުރި މަޝްވަރާތައް ކުރެވި، އެކިދާއިރާތަކުން އެއްބަސްވުންތައް ޤާއިމުކުރެވޭނެ ކަމަށް ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެއަށް ކުރަށްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ.

ރާއްޖެއަށް ވަޑައިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޑިސަނަޔަކެ ވިދާޅުވީ، މިދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާއި ދެމެދު އެކި ދާއިރާތަކުން މާނަހުރި މަޝްވަރާތައް ކުރައްވާނެކަމަށެވެ. ހަމައެއާއެކު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން އެއްބަސްވުންތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަންވެސް ލަންކާގެ ރައީސް ވަނީ ހާމަކުރަށްވާފައެވެ.



ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 30 އަށެވެ.

މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނަޔަކެ ދިވެހިރާއްޖެއަށް ކުރަށްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ރައީސް ޑިސަނަޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާއިރު، މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ



ކިޔުންތެރިންގެ ހިޔާލު