ކަނޑުގަދަ ދުވަހެއް
ކަނޑުގަދަ ދުވަހެއް
ކުރިއަށް އޮތް ދެ ދުވަހު މުޅިރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު މެންދުރު 13:45 ގައި ނެރެފައިފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު އިރުއޮއްސި 19:45 އަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ދެމިގެން ދާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ބުރާސްފަތި ދުވަހުން ފެށިގެން ކުޑަވާނެ ކަމަށެވެ.

އަދި މިދުވަސްކޮޅަކީ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްކޮޅަކަށްވުމުގެ އިތުރުން، ފުރަތަމަ ޓާމްގެ ކިޔެވުންވެސް ނިމި، ސްކޫލް ބަންދު ދުވަސްތަކަކަށް ވާތީ ދަތުރު ކުރަށްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް މެޓް އޮފީހުން އެދިފައިވެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހު ކަމަށް ލަފާ ކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު