ސަރުކާރު ހިންގަންވީގޮތް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިނޮކޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެދެއްވަން ހެދީމަ އަންނަނީ ހިނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓެއްގައި ފައްޔާޒު މިއަދުވަނީ މި ސަރުކާރުގެ ގިނަ ސިޔާސަތުތަކަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭގެ އިތުރުން ސަރުކާރުތައް ހިންގަންވީ ނިޒާމުގެ ވާހަކަތައް ފުޅާކޮށް އެ ޕޮޑުކާސްޓުގައި ވަނީ ދައްކަވާފައެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ އެއްވެސްކަމެއްގައި ރައްޔިތުން ބޭނުންވި ޝާމިލުވުން މިހާތަނަށް ސަރުކާރުގެ ތެރެއިން ނުފެންނަކަމަށާއި ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަން ބެލޭނެ ގޮތެއް ނެތްކަމަށެވެ. އަދި އެކަންކަން ބެލުމަށް އޮތް މުއައްސަސާތައް އޮތީ ރައީސް މުޢިއްޒުގެ އަތްޕުޅުގެ ދަށުގައިކަން ފާހަގަކުރެއްވިއެވެ.
ފައްޔާޒުގެ އެ ވާހަކަތަކާއި ގުޅިގެން ޝުޖާ އެކްސްގައި މިރޭ ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކު ވެރިކަން ލިބުމުން ވެސް ކުރިކަމަކީ ދަރަނި ބޮޑުކުރުންކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް "ފުނޑާލި" ކަމަށެވެ.
އަދި ވިދާޅުވީ، އޭރު އެ "ހިންގާލި" ވެރިކަމުގެ ސަބަބުން ގައުމު އޮތީ ބަނގުރޫޓް ވުމުގެ ތުންފަތްމަތީގައި ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ. އަދި ފައްޔާޒު މެންފަދަ ބޭފުޅުން ސަރުކާރު ހިންގަންވީގޮތް ކިޔާދެއްވަން ފެއްޓެވުމުން ހިނި އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިންގާނެގޮތުގެ މޮޅު ގޮތް MDP ގެ ޗެއަރޕާސަން @faya_i ކިޔާދިނީމާ އަޅުގަނޑުމެންގާތަށް ވަރަށް ހިނި އާދޭ!މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ވެރިކަން ލިބުމުން ބޮޑު ކުރީ ދަރަނި.ފުނޑާލީ SOE ތައް.ހިންގާލި މުޑުދާރު ވެރިކަމުގެ ސަބަބުން ޤައުމު އޮތީ ބަނގުރޫޓުގެ ތުންފަތްމަތީ!މޮޔަ ނުގޮވާ!
— Ibrahim Shujau (@IbrahimShujaau) July 29, 2025
ފައްޔާޒުގެ އެ ވާހަކަތަކާއި ގުޅިގެން ޝުޖާ އެކްސްގައި މިރޭ ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކު ވެރިކަން ލިބުމުން ވެސް ކުރިކަމަކީ ދަރަނި ބޮޑުކުރުންކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް "ފުނޑާލި" ކަމަށެވެ.
އަދި ވިދާޅުވީ، އޭރު އެ "ހިންގާލި" ވެރިކަމުގެ ސަބަބުން ގައުމު އޮތީ ބަނގުރޫޓް ވުމުގެ ތުންފަތްމަތީގައި ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ. އަދި ފައްޔާޒު މެންފަދަ ބޭފުޅުން ސަރުކާރު ހިންގަންވީގޮތް ކިޔާދެއްވަން ފެއްޓެވުމުން ހިނި އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު