ޣައްޒާގެ ރައްޔިތުން އެހެންތަބަކަށް ބަދަލުކޮށް، ޣައްޒާގެ ނަސްލު ސާފުކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް ގޮވާލައިފިއެވެ.
މިފަދައިން ގޮވާލާ މީޑިއާތަކަކަށް ދެއްވި ބަޔާނެއްގައި ޓްރަމްޕު ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ ޚިޔާލު ބައެއް މީހުންނަށް ކަމުދިޔަ ކަމަށެވެ. އަދި އަނެއް ބަޔަކަށް އެ ހިޔާލު ކަމުނުދިޔަ ކަމަށާއި، މި ޚިޔާލު ތަންފީޒުކުރުމުގެ ކުރިން ކަންކަން ދާނެގޮތް ބަލަން ޖެހޭ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ.
މީގެއިތުރުން، މީގެ 3 ދުވަސް ކުރިން ނަތަންޔާހޫއާ ވާހަކަދެއްކި ކަމަށާއި، ބޭނުންވަނީ ޣައްޒާއަށް ކާބޯތަކެތި ރަނގަޅު ގޮތެއްގައި ބެހުމަށް ކަމަށް ޓްރަމްޕު ވިދާޅުވިއެވެ. އަދި ނަތަންޔާހޫވެސް ބޭނުންވަނީ މިގޮތް ކަމަށް ޓްރަމްޕު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޣައްޒާގައި ކާބޯތަކެތީގެ މަރުކަޒުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު