ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ނިމިފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކުރަންޖެހޭ މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މުސާރަތަކަށް ގެންނާނެ ބަދަލުތަކާއި ގުޅިގެން މިނިސްޓްރީތަކާއި އިދާރާތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ނިންމާފައިވާކަމަށާއި، މިހާރު ކުރިޔަށް ދަނީ އެކަމުގައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކަމަށް ޑރ. ފައިޒަލް ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓްގައި އެކި ދާއިރާތަކުން މުސާރަ ބޮޑުކުރުމަށް 500 މިލިޔަން ރުފިޔާ ވަނި ކަނޑައަޅާފައެވެ. މުސާރަ ބޮޑުކުރާ ދައިރާތަކުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފުން ހިމެނެެއެވެ.
ސިވިލް ސާވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވެ، އާ މުސާރަތައް މިއަހަރު އިއުލާން ކުރަށްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު