ރަޝިޔާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓު އޮފީހުން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ 8.8 މެގްނިޓިއުޑްގެ ބާރުމިނުގައި ރަޝިޔާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
މި ބިންހެލުމުގެ ސަބަބުން ރަޝިޔާއަށް ވަނީ 13 ފޫޓުގެ އުސްމިނުގެ ސުނާމީއެއް އަރާފައެވެ. ސުނާމީގެ ރާޅުތައް ވަނީ ޖަޕާނާ ހަމައަށް ވެސް ފޯރާފައެވެ. ޖަޕާނަށް އަރާފައިވާ ސުނާމީގެ ރާޅުގެ އުސްމިން 12 ފޫޓުގައި ހުރިކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
އަދި ޖަޕާނާއި އެމެރިކާއާއި ތައިވާނާއި ފިލިޕީންސްގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ސުނާމީ އަރާފާނެކަމުގެ އިންޒާރު ނެރެ، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.
ރަޝިޔާ ގަޑިން ހެނދުނު 8:25 ގައި އައި މި ބިންހެލުމުގެ ސަބަބުން ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާ ސަރަޙައްދުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ރަޝިޔާގެ އެކަހެރި ސަރަޙައްދަށް އައި މި ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު