މޫސުން ގޯސްވުމާ ގުޅިގެން އއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަތޮޅު ތަކަށް ހުދު ސަމާލު ނެރުނީ މިއަދު 14:00 އިން މިރޭ 19:00 އަށެވެ.
މި ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ބުނީ، ބުދަ އަދި ބުރާސްފަތި ދުވަހު ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން، ޢާންމުގޮތެއްގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާ 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓުން ބުނެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި މުއައްސަސާތަކުން ވަނީ އާންމުންނަށް ދިމާވެފައިވާ ތަކުލީފުތައް ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު