އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑުކުރުމުގެ މަޝްރޫއުގެ ދަށުން، ފެރިދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ އެއްކޮށް ބަދަލު ކުރެވިފައިވާކަމަށެވެ. އަދި ފެރިދޫގެ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ގާއިމުކޮށް، އެ ޕެނަލް ބޭނުންކުރަން ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.
ފެރިދޫގެ ކަރަންޓު ވިއުގައަށް ގެނައި އަޕްގްރޭޑާއިއެކު، މީގެ ކުރިން ފެރިދޫގެ ކަރަންޓަަށް ދިމާވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަތައް ހައްލުވެގެންދާނެއެވެ. އަދި މުސްތަގްބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑު އިތުރުވަމުންދާއިރު، އެ ޑިމާންޑަށް ކޭޓާރ ކުރުމުގެ ފުރުސަތު ވެސް ފަހިވެފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ފެރިދޫގައި ގާއިމު ކުރި ކަރަންޓު ވިއުގަ އަޕްގްރޭޑާއިއެކު، ރަށުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލައެއް ދެނެގަންނަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ކަރަންޓު ވިއުގައަށް ގެނެވުނު ބަދަލުތަކާއި އެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ހިދުމަތަކަށް ވެގެންދާނެކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖެނެރޭޓަރު ކޮމިޝަންކޮށް، ބޭނުންކުރަން ވަނީ ފަށާފަ އެވެ. އެގޮތުން، 20 ޖެނެރޭޓަރު ސެޓް ވަނީ 19 ރަށްޓަކަށް ފޮނުވައި، ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު