އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވަން ހަމަޖެހިފައިވާ 'ރަން ރީނދޫ' ދުވުމުގައި ކުޑަކުދިންގެ އިތުރުން ހުރިހާ އުމުރުފުރައަކަށް ވެސް ބައިވެރިވެވޭނޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި ހަރަކާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައްޗަންގޯޅި މެދު ދާއިރާ ރައީސް އަހުމަދު ޝަޒީން ވިދާޅުވީ ހުކުރު ދުވަހު ބާއްވާ އެ ދުވުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހަރަކާތް ފެށޭނީ ހަވީރު 4:30 ގައި ކަމަށާއި، އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެ ސަރަހައްދަށް ވަދެވޭނީ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި ހުންނަ ގޭޓުން ކަމަށެވެ.
އަދި މި ދުވުމަކީ އެއްވެސް ވަނައެއް ހޮވާގޮތަށް ކުރިއަށް ގެންދާ ދުވުމެއް ނޫންކަމަށާއި ނަމަވެސް ދުވުމުގައި ބައިވެރިވާ ކުޑަކުދިންނަށް ކޮންމެވެސް ހަދިޔާއެއް ދިނުމަށް ރާވަމުން ގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން މިހާރުދަނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބިބްތައް ބައިވެރިންނަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެމްޑީޕީ ހަރުގެއިން، ނަން ނޯޓު ކުރުމަށް ފަހު ބިބްސް ދޫކުރަމުން ގެންދާނެކަމަށާއި އިވެންޓް އޮންނަ ދުވަހު ސެންޓްރަލް ޕާކު ސަރަހައްދުން ވެސް ބިބް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު