އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރު
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރު
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒް އިސްތިއުފާ ދެއްވީ މިއަދު ހެނދުނުއެވެ. ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި އުޅުއްވި ފަޔާޒް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނު ކޮށްފައިވަނީ، މިދިޔަ ޑިސެމްބަރު 26 ގައެވެ.

ފަޔާޒް މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މުޙައްމަދު މަޢުރޫފް ޖަމީލް ވަނީ އިއްޔެ އިސްތިޢުފާ ދެއްވާފައެވެ. ހުޅުމާލޭގެ މަޝްރޫޢު ފެށުނީއްސުރެ އެ އަވަށުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ އަދި ކުރީގެ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ވަޒީރުކަން ކުރައްވާފައިވާ މަޢުރޫފް، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެވުނީ 22 ޑިސެމްބަރ 2024 ގައެވެ.

ޕީސީބީން އިއްޔެ ވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އައްޔަނު ކުރަށްވާފައެވެ.

ޒުހައިރު މީގެ ކުރިން ހުންނެވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ސިފައިންގޭގައި 30 އަހަރު ހިދުމަތް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު