ދިވެހިންނަށް ދިގު މުއްދަތަށް ސްރީލަންކާއިން ބިން ކުއްޔަށް ދޫކުރަން އެ ޤައުމުގެ ސަރުކާރުން ބޭނުންވާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައްސޫދު އިމާދު ވިދާޅުވެއްޖެއެވެ.
މައްސޫދު އިމާދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ސަފީރުގެ ވާހަކައިގައި ވިދާޅުވީ ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ރަނގަޅު ފުރުޞަތުތަކެއް ފަހިވެގެން ދިޔަަ ކަމަށެވެ. އަދި ލަންކާއިން ދިވެހި އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދޭން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ލަންކާގެ ޤާނޫނީ އިމުގެ ތެރެއިން ދިގު މުއްދަތަކަށް ދިވެހި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ދޭން ލަންކާ ސަރުކާރުން ބޭނުންވާކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
އަދި ލަންކާގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހި އެމްބަސީން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ ހޮސްޕިޓަލް އޮޕަރޭޓްކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ހޮސްޕިޓަލް އޮޕަރޭޓް ކުރެވޭނެ ގޮތެއް ހަމަޖައްސަންވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު