އެމްޑީޕީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އެމްޑީޕީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އެމްޑީޕީގެ މައި ހަރުގެއަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ރޭ ދަންވަރު އެމްޑީޕީގެ ހަރުގޭގެ މައި ގޭޓަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ. ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ގެއްލުންދިންކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވަނީ، ރޭ ދަންވަރު 01.30 ހާއިރުއެވެ.

އެގޮތުން ހަރުގެ ގޭޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މ.ސްޓާ އުމުރުން 49 އަހަރުގެ މުހައްމަދު ރަޒީން އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގެ ތަހްގީގް މިހާރު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްޑީޕީ ހަރުގެއަށް ގެއްލުންތަކެއް ދީފައިމިވަނީ އެޕާޓީއަށް 20 އަހަރު ފުރުމާ ގުޅިގެން އިއްޔެ ހަވީރު ހުޅުމާލޭގައި ދުވުމެއް ބާއްވާފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު