އެމްޑީޕީގެ ޢާއްމު މެންބަރުން އާ ރޫހަކާއި އާ ޢަޒުމަކާއެކު ޕާޓީގެ ޙަރަކާތްތަކަށް ނުކުންނަ މަންޒަރު ފެންނަމުން ދާކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އިއްޔެ ކުރިޔަށް ގެންދިޔަ ރަންރީނދޫ ޙަރަކާތަށްފަހު ރައީސް ޞާލިޙް ވިދާޅުވީ، ގައުމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، އެންމެން އެކީގައި އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އަދި އެމްޑީޕީ މިހާރު އޮތީ އާ ރޫހެއްގައި ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ އަކީ އަބަދުވެސް އިސްލާޙީ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވާ ޕާޓީއެއް ކަމަށާއި، އެހެންކަމުން ދެންވެސް ޤައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތަށް ނިކުންނާނީ އެމްޑީޕީގެ ޢާއްމު މެންބަރުން ކަމަށެވެ.
“އާއްމު މެމްބަރުން ރާއްޖޭގެ ހާލަތު ވިސްނިގެން އާ ރޫހަކާއި އާ އަޒުމަކާއެކު ނުކުންނަ މަންޒަރު. އަނެއްކާވެސް އާ ރޫހަކާއެކީ ނުކުމެ މިކަމަށް ހައްލު ހޯދަން އެކުގައި މަސައްކަތްކުރުން އޮތީ.” ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރަށްވާފައެވެ. އަދި އެމަނިކުފާނާއެކު އެމްޑީޕީގައި ކުރިން ލީޑު ކުރެއްވި ބައެއް އިސް ފަރާތްތައްވެސް އެޕާޓީއަށް ވަނީ ގުޅިވަޑައިގެންފައެވެ.
އޭގެއިތުރުން އެމްޑީޕީން އިއްޔެ ބޭއްވި ޙަރަކާތުގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު