އެމްޑީޕީން އިއްޔެ ބޭއްވި ޙަރަކާތުގެ ތެރެއިން
އެމްޑީޕީން އިއްޔެ ބޭއްވި ޙަރަކާތުގެ ތެރެއިން
ވިވަގުތު އެންމެ ބޮޑު ފޯކަސް އަކީ އެމްޑީޕީގެ ބްރޭންޑް އިތުރަށް ވަރުގަދަކުރުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ކުރިޔަށް ގެންދިޔަ ރަންރީނދޫ ޙަރަކާތަށްފަހު ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަންޒަރު އެހާ ސާފުނޫން ކަމަށާއި، ޤައުމުގެ އިޤްތިޞާދީ ޙާލަތުވެސް މުޅިން ސާފުނުވާ ކަމަށެވެ.

އެހެންކަމުން މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ފައްޔާޒް ވަނީ، ޕާޓީގެ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް އޮތް އިންތިޚާބުތަކަށް ވަރުގަދައަށް ތައްޔާރުވާން ޖެހޭކަން ފާހަގަ ކުރަށްވާފައެވެ.

“މި ވަގުތު އެންމެ ބޮޑު ފޯކަސް އަކަށް ވަނީ އެމްޑީޕީގެ ބްރޭންޑް އިތުރަށް ވަރުގަދަކުރުން.” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ އިތުރަށް ވަރުގަދަވާން ޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރަށްވާފައެވެ. އަދި އެމަނިކުފާނާއެކު އެމްޑީޕީގައި ކުރިން ލީޑު ކުރެއްވި ބައެއް އިސް ފަރާތްތައްވެސް އެޕާޓީއަށް ވަނީ ގުޅިވަޑައިގެންފައެވެ.

އޭގެއިތުރުން އެމްޑީޕީން އިއްޔެ ބޭއްވި ޙަރަކާތުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް