ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ އެ ނިޒާމު ވުޖޫދުން ފުހެލުންކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލުގައި ބުނެފައިވަނީ އެ ބިލު ހުށަހެޅުމުގެ މަގުސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާ ކުރުން ކަމަށެވެ. އަދި ކައުންސިލްތަކުގެ އުމުރުގެ އެންމެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިއްމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަކީ ވެސް މި ބިލު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ބުނެފައިވެއެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ލިބޭ ބާރު ހަނިކުރުން ހިމެނެއެވެ. އޭގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައިވެއެވެ.
އެ އިސްލާހާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކާއެކު ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ކައުންސިލު އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލުތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަމެއްކަމަށް ބުނެ އެކަން އެމްޑީޕީން ވަނީ ކުށްވެރި ކޮށްފައެވެ.
އެމްޑީޕީން ބުނީ އެކަން ކުރަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށާއި، މިކަމާ ދެކޮޅަށް ކައުންސިލްތަކުން އަޑުއުފަލައި އިހުތިޖާޖު ކުރަން ޖެހޭކަމަށެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެ ޕާޓީގެ އިސް ފަރާތްތަކުން ވެސް ދަނީ ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު