މިހާރުގެ ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ މަސައްކަތް ހުއްޓުވައި، އެ ތަންތަން ބަލިކަށިކޮށްލުމަށްފަހު، ވަޒީފާ ބަހައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރަން ކަމަށް، ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ކައުންސިލްތައް ހުއްޓުވާލައި، ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ ގޮތަށް އެ ތަންތަނުގެ ދެއަތާ ދެފައި ބަލިކޮށްލުމަށްފަހު، ސަރުކާރުން ރަށްރަށަށް އަރައި ވަޒީފާ ބަހައިގެން އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. އެގޮތުން، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ މި މަގްސަދު ހާސިލްކުރުމަށް ގެނެސްފައިވާ އިސްލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނިޔާޒު ވިދާޅުވީ، މިފަދަ އިސްލާހެއް ގެނެސްފައިވަނީ ހަމައެކަނި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އަމާޒުކޮށް ކަމަށް ވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މިފަދަ އިސްލާހެއް ހުރިހާ އިންތިހާބުތަކަށްވެސް، އަމާޒުކޮށްފައި އޮތްނަމަ އެއީ ބަލައިގަނެވޭނެ އިސްލާހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މި އިސްލާހުގައި ގެނެސްފައިވާ އެއް ބަދަލަކީ ފިނޭންސް މިނިސްޓްރީން ބޭނުންވާ ހާލަތެއްގައި ރަށްރަށުގެ ފައިނޭންސް ސްޓޭޓްމެންޓްތައް ދައްކަންޖެހޭ ގޮތަށް އޮތުން ކަމަށް ނިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކައުންސިލްތަކަށް ހަރަދުކުރުމަށް ދައުލަތުން ދެނީ އެންމެ ފަސް އިންސައްތަ ކަމަށާއި، ބާކީ ނުވަދިހަ ފަސް އިންސައްތަ ހަރަދުކުރަނީ ސަރުކާރުގެ އިދާރާތަކުން ކަމަށެވެ. އެހެންކަމުން، އެންމެ ފަސް އިންސައްތައިގެ ހަރަދުތަކަށް ޒިންމާދާރުކުރުމަށް މަސައްކަތްކޮށް، ބާކީ ނުވަދިހަ ފަސް އިންސައްތައާ ދޭތެރޭގައި އެއްވެސް ވާހަކައެއް ނުދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ނިޔާޒު ސިފަކުރެއްވިއެވެ.
މީގެ އިތުރުން ނިޔާޒު ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތައް ބަލިކަށިކޮށްލުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީން މިދިޔަ މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަށްރަށުގައި ކުރި މަސައްކަތްތަކުން އެނގިފައިވަނީ، ކައުންސިލްތައް ހިފަހައްޓައިގެން ނޫން ގޮތަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމެވެ.
"ދޮޅު އަހަރު ދުވަސް ވެގެން ދާއިރުގައި ސަރުކާރުން ރަށްތަކަށް އެއްވެސް މަސައްކަތެއް ނުކުރޭ. ނަމަވެސް ކައުންސިލްތަކުން އެ ބޭފުޅުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް، ދައުލަތުގެ ބަޖެޓުން ދޭ ފައިސާއިން ބާކީކޮށް އަދި އެހެން ގޮތްގޮތަށް ހޯދޭ އާމްދަނީން ރަށްރަށުގައި މަސައްކަތްތައް އެބަ ކުރޭ. އޭގެ ކްރެޑިޓެއް ސަރުކާރަކަށް ނުލިބޭ،" ނިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ނިޔާ ވިދާޅުވީ، ކަންތައް ދިމާކޮށްފައި އޮތް ގޮތުން ރާއްޖޭގައި ގިނައީ ސަރުކާރާ އިދިކޮޅު ކައުންސިލްތައް، ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ ކައުންސިލްތައް ކަމަށެވެ. އެހެންކަމުން، މިހާލަތުން އަރައިގަނެ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބުކުރެވޭނެ ހަމައެކަނި ގޮތަކީ މިހާރު ހިނގަމުންދާ ކައުންސިލް ނިޒާމު ނުވަތަ ކައުންސިލްތައް އެކިއެކި ގޮތްގޮތުން ހުއްޓުވުން ކަމަށް މި އިސްލާހުތަކުން އެނގޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވަނީ މީގެ ކުރިންވެސް، މިދިޔަ މަހު އެމްޑީޕީގެ ލާމަރުކަޒީ ކޮމެޓީގެ އިސްނެގުމާ އެއްކޮށް ރައްޔިތުން މަޖިލީހަށް ގޮސް ބައްދަލުކޮށް، ކައުންސިލްތަކާ ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މި ހުށަހަޅާފައިވާ އިސްލާހަކީ ކުޑަ މިންވަރެއް ކަމަށާއި، މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މަޖިލީހުގައި ތައްޔާރުކުރަމުންދާ ބޮޑު ގަރާރެއް އެބައޮތް ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ނިޔާޒު ހިއްސާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު