ރާއްޖޭގެ އިގްތިޟާދީ ހާލަތު ރަނގަޅުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ނޭނގޭނަމަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ގޮވާލައްވައިފިއެވެ.
އަމީރު މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި މިނިސްޓަރ ސައީދު، ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައިއިރު ރާއްޖޭގެ އިގްތޮސާދީ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މިނިސްޓަރ ސައީދުގެ ވާހަކައިގައި ވިދާޅުވީ ރާއްޖެ 40 އަހަރުން އުފެއްދި ވަރަށްވުރެ ބޮޑު ދަރަންޏެއް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކަނި އުފައްދާފައިވާ ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ 125 ބިލިއަން ރުފިޔާގެ ދަރަންޏަކާއި، 8 ބިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރެ ރުފިޔާގެ އަގުވެއްޓިފައި އޮތް ހާލަތެއް އެމަނިކުފާނަށް ވާރުތަވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން އާންމު ރައްޔިތުންނަށް ދޭންޖެހޭ ފައިސާއާ އެއްކޮށް، 9.1 ބިލިއަން ރުފިޔާގެ ނުދެއްކި ހުރި ބިލުތަކާއި، ރޭޓިންގއަށް ބެލިނަމަވެސް އެތައް މައްސަލަތަކެއް ހުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ އޭރު ދިމާވި ހާލަތުގައި (ކޮވިޑުގެ ހާލަތުގައި) ކުރަންޖެހުނު ކޮންމެ ކަމެއް ކާމިޔާބުކަމާއެކު ކޮށް، މި ދިޔަ ސަރުކާރުގައި ވާނީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ނަގައި، ދުނިޔޭގަ ވެސް އެވްރެޖްކޮށް އެންމެ ބާރަށް ކުރިއަރައިދިޔަ އެއް އިގްތިސާދަށް ރާއްޖެ ހަދާފައި ކަމަށެވެ.
ސަރުކާރު ބަދަލުވެގެން ހަވާލުވި ބޭފުޅުން، މުޅިން ގޯސް ސިޔާސަތުތައް ކުރިއަށް ނެރެ، ދެން އަޅަން ޖެހޭ ރަނގަޅު ފިޔަވަޅު ނޭގި، ގަބު ކައިފަ ތިބުމަކީ އެހެން މީހުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.
"ކަންތައްތައް ރަނގަޅު ކުރަން ނޭގޭނަމަ، އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ." އަމީރު ވިދާޅުވިއެވެ.

އޭރު ދިމާވި ހާލަތުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކާމިޔާބުކަމާއެކު ކޮށް، މި ދިޔަ ސަރުކާރުގައި ވާނީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ނަގައި، 2023-2021 ދުނިޔޭގަ ވެސް އެވްރެޖްކޮށް އެންމެ ބާރަށް ކުރިއަރައިދިޔަ އެއް އިގްތިސާދަށް ރާއްޖެ ހަދައިފަ. ސަރުކާރު ބަދަލުވެގެން ހަވާލުވި ތި ބޭފުޅުން،… https://t.co/RIhTbcueBk
— Ibrahim Ameer 🇵🇸 (@iameeru) August 5, 2025
ސަރުކާރު ބަދަލުވެގެން ހަވާލުވި ބޭފުޅުން، މުޅިން ގޯސް ސިޔާސަތުތައް ކުރިއަށް ނެރެ، ދެން އަޅަން ޖެހޭ ރަނގަޅު ފިޔަވަޅު ނޭގި، ގަބު ކައިފަ ތިބުމަކީ އެހެން މީހުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.
"ކަންތައްތައް ރަނގަޅު ކުރަން ނޭގޭނަމަ، އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ." އަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު