މިއަހަރުގެ ފުރަތަމަ 6 މަހު ބޭންކުތަކަށް 362 މިލިޔަން ޑޮލަރު މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފިއެވެ.
ބޭރުފަައިސާއާއި ބެހޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކުން ބޭންކުތަކަށް 362 މިލިޔަން ޑޮލަރު މާރުކޮށްފައިވާއިރު، މީގެ ތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ބޭންކުތަކުން ބޭރުފައިސާއާއި ބެހޭ ޤަވާއިދާއި އެއްގޮތަށް ވަނީ ވިއްކާފައެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާގޮތުން މިއަހަރާއި އަންނަ އަހަރަކީ ރާއްޖެއިން އެންމެ ބޮޑު އަދަދަކުން ދަރަނި އަދާކުރަން ޖެހޭ އަހަރުތަކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 88 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވާއިރު، މިއަހަރު ލޯނުތަކަށް 174 މިލިޔަން ޑޮލަރު ވަނީ ދައްކާފައެވެ. މީގެ އިތުރުން ބޮންޑު ދެއްކުމަށް 27.5 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.
ބޭރުފައިސާގެ އައު ޤާނޫނު އައުމުގެ ކުރިން ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން މި ވޭތުވެ ދިޔަ 4 އަހަރުވެސް ބޭންކުތަކަށް މާރުކޮށްފައިވަނީ 10 އިންސައްތައެވެ. ނަމަވެސް ބޭރުފަައިސާގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، މި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ބޭރުފައިސާގެ ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން އާމްދަނީގެ 20 އިންސައްތަ ނުވަތަ އެ ތަނަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކަން ޖެހެއެވެ.
މީގެ ތެރެއިން ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 50 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. ބޭންކުތަކުން އިތުރަށް މާރުކުރާ 40 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭންކުތަކުން ބޭނުން ކުރަނީ ވިޔަފާރިތަކަށް ދޫކުރުމަށާއި، ބޭރުފައިސާ ބޭނުންވާ އެހެން އިލްތިޒާމުތައް ހަމަޖެއްސުމަށެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ފަށާފައިވަނީ މިއަހަރު ޖަނަވަރީ މަހު ޢަމަލު ކުރަން ފެށި ބޭރުފައިސާއާއި ބެހޭ ޤާނޫނުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު