ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ މަސްލަޙަތު އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މާލީ މުޢާމަލާތްތަކަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓްގެ މައްސަލާގައި ފުލުހުންނާއި އޭސީސީން މިހާތަނަށް ސުވާލެއްވެސް ކޮށްފައި ނުވާކަމަށް ޝުޖާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ޝުޖާއު މިއަދު ވިދާޅުވެފައިވަނީ، މަނީ ލޯންޑަރކޮށް، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުގައި އެއްވެސް އިދާރާއަކުން މިހާތަނަށް އޭނާއާ ސުވާލެއް ކޮށްފައި ނެތް ކަމަށެވެ.
ޕީއެންސީގެ ނައިބު ރައީސްގެ އިތުރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، މި ރިޕޯޓްގެ މައްސަލަ ފެންމަތިވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމެޓީން އޭނާ ވަނީ ވަކިކޮށްފައެވެ. އަދި އޭނާ ބަދަލުކޮށްފައިވަނީ، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީއަށެވެ.
މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ޝުޖާއު ވަކިކޮށްފައިވާއިރު، ފުލުހުންނާއި ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި އިއްޔެ ބުނެފައިވަނީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ އޭޕްރީލް މަހުން ފެށިގެން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އޭސީސީންވެސް ވަނީ އެމައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.
އެފްއައިޔޫގެ ރިޕޯޓްގެ ސައްޙަ ކަމާމެދު ޝުޖާއު ސުވާލު އުފައްދާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023 ގައި ސިވެކަށް ދެއްކި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކޮށްފައިވަނީ ޝުޖާއުގެ މަސްލަޙަތު އޮންނަ އޮފިޝަލް އިވެންޓްސްއަށް ކަމަށް އެ ރިޕޯޓުގައިވެއެވެ.
ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައެވެ. އޭގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކައެވެ. އެފްއައިޔޫގެ ރިޕޯޓު ލީކުވުމާއެކު އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެމްއެމްއޭ އިން ވަނީ އޭނާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.
މި މައްސަލަ ފެންމަތިވުމުން ޝުޖާއު ވިދާޅުވެފައިވަނީ އޭނާއާއި އޭނާ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން، ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ. އެކަމުގެ ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން މެންބަރަށް ލިބިފައި ނުވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެމަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަޤީޤަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެން.” ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އޭނާގެ ކުންފުނިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފައި ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅު ވުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އޭގެ އިތުރުން ޝުޖާއު ވިދާޅުވީ، އޭނާގެ މަސްލަޙަތު އޮތް ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ޙައްޤުގެ ތެރެއިން އިރާދަކުރެއްވިއްޔާ ވިޔަފާރި ފުޅާކޮށް ކުރިއަށްއޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަކީ އެމީހުންގެ އުންމީދެއް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކުންފުނި ތަކަކީ ސްވޯން ފެމިލީ، ކުއިކް ޝުއާ، އޮފިޝަލް އިވެންޓްސް، ޑީކިއު ހޯލްޑިންސް އަދި ސްޓޯ ޕްރޯސް ޓްރޭޑިން އެވެ.
އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒް އާއި، އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.
އޮފިޝަލް އިވެންޓްސްގެ 50 ޕަސެންޓް ހިއްސާ އޮންނަނީ ޝުޖާއުގެ ނަން މަތީގައެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އިވެންޓް މެނޭޖުކުރުމުގެ ހިދުމަތް ދޭ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު