މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ފަލާހު
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ފަލާހު
ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ކައުންސިލްތަކުން ބަޔާން ނެރެނީ އެމްޑީޕީން ފައިސާ ދީގެން ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ތުހުމަތު ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ 25 އަކަށް ކައުންސިލުން ގުޅުއްވާފައި އެމްޑީޕީ އިން ލާމަރުކަޒީ ބިލަށް ގެނައި އިސްލާހުތަކާ އިދިކޮޅަށް ބަޔާން ނެރުމަށް ފައިސާ ހުށަހަޅާކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އެމްޑީޕީގެ މަގްސަދަކީ ޕްރެޝާރ ކޮށްގެންނާއި ސޯޝަލް މީޑިއާގައި ވާހަކަަ ދައްކައިގެން، ފާޑު ފާޑު އެކި ބަޔާންތަށް ނެރުވައިގެން ލާމަރުކަޒީ ބިލަށް އޮތް އިސްލާހު ހުއްޓާލުން ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ދިވެހި ގައުމަށް ވަރަށް ބޮޑު ލާބަ އާއި މަންފާ ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން އެމްޑީޕީއިން އެގޮތަށް ޕްރެޝަރު ކޮށްގެން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ގެންނަ އިސްލާހުތަކާއި، ހަދާ ގާނޫނުތަކަށް އެއްވެސް ބަދަލެއް މި ސަރުކާރުން ނުގެންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނު ބަދަލުކުރަނީ ރައްޔިތުންގެ ބާރުވެރިކަން ފޭރިގަނެ، ރައްޔިތުން ނިކަމެތި ކޮށްލުމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދަނީ އަޑުއުފުލަމުންނެވެ. އެމްޑީޕީން ފާޑުކިޔަމުން ދިޔަނަމަވެސް މި ބިލް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް