އއ. ރަންފަރު ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އެގޮތަށް ކަނޑައެޅުއްވީ މިއަދު ނެރުއްވި ގަރާރަކުންނެވެ.
ރައީސް އެ ގަރާރު ނެރުއްވީ އެ މަނިކުފާނަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ.
އެ ގަރާރުގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، ރަންފަރުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވާފައެވެ.
މާޅޮހުގެ ބައެއްގެ ގޮތުގައި ރަންފަރު ކަނޑައަޅައި ދެއްވުމަކީ އއ. އަތޮޅުގެ ބައެއް ރަށްތަކަށް، ޑިސެމްބަރު 2024 ގައި ރައީސް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު