ދެން އުފެދޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްގައި ކުރިއަށް ވުރެ ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ މާލީ ބައެއް ބާރުތައް ހަނިވާގޮތަށް ސަރުކާރުން އެކުލަވާލި ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން މިރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންގޮސްފައެވެ.
އެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވާފައި އޮތްގޮތަށް ކައުންސިލްތަކުގައި ވެސް ތަޅު އަޅުވަން ކަމަށެވެ.
އަދި އެކަން ކުރުމުގައި އެންމެ ބޮޑު ރޯލެއް ކުޅުއްވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ، މިހާރު ފެންނަމުންދަނީ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ރަނގަޅު އިންވެސްޓްމެންޓުތަކެއް ހޯދަމުންދާތަން ފެނުމުން އެކަމާ މާބޮޑަށް "ކުޅުދިޔާވެގެން" އުޅޭ މަންޒަރުކަމަށެވެ.
އަދި މިހާރު ގާނޫނަށް ގެނައި އިސްލާހުތަކުގެ ބޭނުމަކީ އަމިއްލަ އެދުމަށް ބާރުވެރިކަން ޖަމާކުރުންކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބުން ރަނގަޅަށް ހިނގަމުންދާ ނިޒާމެއް އެއްކޮށް ފުނޑުނޑުވެގެންދާނެ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އުފެދިގެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އަދި އެ ވެރިކަމުގައި ހަމަ މިހާރު އޮތް ގޮތަށް ބާރުތައް ދީ، ކުރިއަށްވުރެ ބޮޑެތި ބާރުތަކެއް ރަށްތަކަށް ދޭނެ ކަމުގެ ޔަގީންކަމާއި ކަށަވަރުކަން ދޭކަމަށް ފައްޔާޒުވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ވަރަށް ގަދައަށް މަސައްކަތް ކުރާ 30 ނުވަތަ 40 ކައުންސިލް މިހާރުވެސް އޮތްއިރު، އެއިން ކައުންސިލަކާއި މި ސަރުކާރުގެ އެންމެ މިނިސްޓްރީއެއް ވެސް ކައިރި ނުކުރެވޭނެ ކަމަށެވެ.
މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒުވަނީ، މިއަދު ފާސްކުރި ބިލް ތަސްދީގު ނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު