އިދިކޮޅު އެމްޑީޕީ ގެ އާދަޔާ ޚިލާފު ކޮންގްރެސް އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކުރީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ. އެމްޑީޕީން މީގެ ކުރިން ނިންމާފައިވަނީ މި އަހަރުގެ އޮގަސްޓް 15 ގެ ކުރިން ކޮންގްރެސް ބޭއްވުމަށެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރޭ ވަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު، އެ އަހަރުގެ މެދުތެރޭގައި އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައެވެ.
އެމްޑީޕީގެ ކޮންގުރެސް ފަސްކުރަން ހުށަހެޅުއްވީ އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ ރައީސް އަޙްމަދު ސަލީމެވެ. އަދި ތުޅާދޫ ދާއިރާގެ ރައީސް ޢަބްދުﷲ ސިރާޖާއި މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ ޢަލީ މަނިކު މި ހުށަހެޅުމަށް ވަނީ ތާއީދުކުރައްވާފައެވެ. އެ ހުށައެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއީދާއެކުއެވެ.
ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރޭގައި ބޭއްވުމަށް މިރޭ ފާސްކުރި ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާރީޚެއް އަދި ތަނެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު