ހދ. ކުމުންދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ “ކާނި” ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެން ސަލާމަތް ކުރި މީހުންގެ ތެރެއިން ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް މިއަދު ހެނދުނު 08:45 ހާއިރު ލިބުމާއެކު، ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗު ވަގުތުން އެ ސަރަހައްދަށް ހަރަކާތްތެރިވި ކަމަށެވެ.
އަދި ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރުމަށްފަހު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހާބަރކްރާފްޓްގައި ވަނީ އެ ދެމީހުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ. އެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާގައި ދޯނިން ކަނޑުވި އަނެއް ދެ މީހުން، ދޯނީގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިދުވަސްވަރު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ރޭވެސް ކ. ޒަމާނީ އައިލެންޑް ކައިރިން ބަންޑުންޖަހާލި ޑިންގީއެއްގައި ތިބި 17 ބިދޭސީން ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު