އެތައް ފަހަރަކު ޖަވާބުދާރީ ވުމަށް ވަޒީރުންނަށް ދަންނަވައިގެން ވެސް އަޅާ ނުލުމުން، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ސިޓީއެއް ހުށަހަޅައިފިއެވެ.
އެމްޑީޕީ އަށް ނިސްބަތްވާ 12 މަޖިލިސް މެމްބަރުން ސޮއި ކުރައްވައި މިއަދު ރައީސް އަށް ފޮނުވި ސިޓީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށް، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަން ފާހަގަކޮށްފައި ވެއެވެ.
ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގެ (ހ) ގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާ ކުރާން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ސީޓީ ގައި ވެއެވެ.
އަދި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ސިޓީގައި ވެއެވެ.
އެ ސިޓީގައި ބުނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ޤާނޫނު އަސާސީ އާއި ޤާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާސްތެރި ކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލު ކުރުމަށް ބާރުއެޅުމާއި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމުގެ ގޮތުން، ސަރުކާރުގެ ވުޒާރާތަކުން ކުރުމަށް ޤާނޫނު އަސާސީ އާއި ޤާނޫނުގައި ކަނޑައަޅައިފައިވާ ކަންކަމާއި، ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ވުޒާރާ ތަކުން ކުރާ މަސައްކަތްތަކާއި، އަދި، މި ހިނގާ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފައިވާ ކަންކަން ތަންފީޒު ކުރަމުން ގެންދާ މިންވަރު ބެލުމަށްޓަކައި، ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅައިފައިވާނެ ކަމަށް އެ ސިޓީގައި މެމްބަރުން ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާ އިން ބަރީއަވެ މެމްބަރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ވަޒީރުން ގެންދަވަނީ ހުރަސް އަޅުއްވަމުން،" ސިޓީގައި ވެއެވެ.
އެމްޑީޕީގެ މެމްބަރުން ރައީސްއަށް ފޮނުވި ސިޓީގައި ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، ވަޒީރުންނާމެދު ފިޔަވަޅު އެޅުމަކީ، ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ކަމަށްވީ ހިނދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ އެ މަނިކުފާނުގެ މައްޗަށް ލާޒިމުކަމެއް ކަމުގައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޒީރުންނަށް އަންގަވައި، ޤާނޫނުއަސާސީ އާއި ޤާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރުކުރެއްވުން އެދި ދަންނަވާ ކަމަށް އެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު