ސްޓެލްކޯ ބިލްޑިން
ސްޓެލްކޯ ބިލްޑިން
މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ.

އަދި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ.



ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކަރަންޓުގެ ޚިދުމަތް އަލުން ދޭން ހޭދަވާނެ ވަގުތެއް ސްޓެލްކޯއިން ނުބުނެއެވެ.

ސްޓެލްކޯ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރުމަށް ހަމަޖެހިފައިވާތީ 10:00 އިން 10:30 އާއި ދެމެދު ގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް އިއްޔެ ވަނީ އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް 9:30 ހާއިރު މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

މިއީ މިއަހަރު މުޅި މާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ދެވަނަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު