މައްސަލަ ޙައްލުކޮށް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދޭން މިހާރު ފަށާފައިވާކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ލިބިފައިވާކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އެގޮތުން ހުޅުމާލެ ފޭސް 1ގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު މިހާރު ދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވަނީ ބުނެފައެވެ. އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކަށާއި، މާލޭގެ އެކި ސަރަހައްދުތަކަށްވެސް ސްޓެލްކޯއިން ވަނީ އަލުން ކަރަންޓުގެ ޚިދުމަތް ދީފައެވެ.
“މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާއިރު، ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ.” ސްޓެލްކޯއިން ބުނެފައިވެއެވެ.
މިއަދު ހެނދުނު 9:30 ހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އަދި އެމައްސަލަ ބަލަމުން ދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދިނެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ވީހާވެސް އަވަހަކަށް ހުރިހާ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވެއްސަށް މިހާރު ވަނީ އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިފައި. ދެވަނަ ފިޔަވަހީގެ ބައެެއް ސަރަހައްދުތަކަށް ކަރަންޓު ދެވިފައިވާއިރު، ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) August 9, 2025
މިއަދު ހެނދުނު 9:30 ހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އަދި އެމައްސަލަ ބަލަމުން ދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދިނެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ވީހާވެސް އަވަހަކަށް ހުރިހާ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު