މުޅި މާލެ އާއި ހުޅުމާލެއަށް މިހާރު ކަރަންޓު ދީފައިވާ ކަމަށާއި، ކަރަންޓުގެ ޚިދުމަތް ނުލިބޭނަމަ 104 އަށް ގުޅުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.
ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.
މިއަދު 9:30 ގައި މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑިފައިވާއިރު، އެކި ހިސާބުތަކަށް ކަރަންޓު ދެމުން ގޮސް ހުރިހާ ތާކަށް ކަރަންޓު ދީ ފުރިހަމަކުރެވުނީ 12:00 ހާއިރުއެވެ.
“ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން.” ސްޓެލްކޯއިން ބުނެފައިވެއެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. މިއީ މިއަހަރު މުޅި މާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު