2027 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު އެމަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާޙު މަޖިލީހަށް ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. ފެނާއި ނަރުދަމާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އަންނަ އޯގަސްޓު 5 ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަންޖެހެއެވެ.
މި ބިލު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 61 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
ފެނާއި ނަރުދަމާގެ ނިޒާމުގެ ގާނޫނަށް އަބްދުއްލަތީފް ހުށައެޅުއްވި އިސްލާޙުގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
މިބިލުގައި ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ކޮށްފިނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އަދި ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާފަދަ ކަމެއް ކޮށްފިނަމަ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ކަނޑައަޅާފައިވެއެވެ.
މިސަރުކާރުން އަމާޒު ހިފާފައިވަނީ 2027 ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު