ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުއްވުން
ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުއްވުން
ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ކުޑަރިކިލު ސިއްޙީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

1 އަހަރު ތެރޭގައި ނިންމާ ގޮތަށް، މި އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާއެވެ.

ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 7،641،116.64 (ހަތް މިލިޔަން ހަލައްކަ ސާޅީސްއެއްހާސް ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އަށެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ދެމުންދާ ސިއްޙީ ޙިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެގޮތުން ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް