މި އޮގަސްޓް މަހުގެ 21ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ މިދައުރު ކުރިއަށްދާނީ އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ދައުރު ދަންމާލަން ބޭނުންވާކަމަށެވެ.
އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންނެވި ގޮތަށް މި ދައުރު މި މަހުގެ 21 ވަނަ ދުވަހާ ހަމަޔަށް ދަންމާލުމަށް ފާސްކޮށްފައި ވަނީ 59 މެންބަރުންގެ ވޯޓުންނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ.
ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންދަނީ 3 ދައުރުގެ މައްޗަށެވެ.
އެގޮތުން ފުރަތަމަ ދައުރު ދެމިގެންދަނީ 1 ފެބްރުއަރީން 15 މޭގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް ކުރިޔަށް ދާއިރު ތިން ވަނަ ދައުރު ދެމިގެންދަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު