ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ޙައްލުކޮށް މުޅި މާލެ އާއި ހުޅުމާލެއަށް މިހާރު ކަރަންޓު ދީފައިވާ ކަމަށާއި، ކަރަންޓުގެ ޚިދުމަތް ނުލިބޭނަމަ 104 އަށް ގުޅުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

މިއަދު މެންދުރު 12:35 ހާއިރު މުޅި މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، އެކި ހިސާބުތަކަށް ކަރަންޓު ދެމުން ގޮސް ހުރިހާ ތާކަށް ކަރަންޓު ދީ ފުރިހަމަކުރެވުނީ 13:50 ހާއިރުއެވެ.

"ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން." ސްޓެލްކޯއިން ބުނެފައިވެއެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް