ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،566 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި 6،095 އަންހެނުންނާއި 8،471 ފިރިހެނުން ހިމެނެއެވެ.

އަދި ދަފްތަރުގައި ހިމެނޭ 8 ގިންތީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ގިންތީގައި 4،147 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި 1،831 އަންހެނުންނާއި 2،316 ފިރިހެނުން ހިމެނެއެވެ.

މީގެ އިތުރުން މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،273 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،889 މީހުންނާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1،854 މީހުން ހިމެނެއެވެ.

އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،756 މީހުންނާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،006 މީހުން ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ. އަދި އޯޓިޒަމް ހުންނަ 585 މީހުންނާއި، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހުން ވެސް ދަފްތަރުގައި ހިމެނެއެވެ.

2011 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ފަށާފައިވާއިރު، 2023 ވަނަ އަހަރު މި އެލަވަންސް ވަނީ 3،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް